Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރާއްޖެ ބިނާކުރުމަށްޓަކާ އެއް ވެރިކަމެއް 10 ވަރަކަށް އަހަރު އޮންނަން ޖެހޭ: އަބުދުއްރަހީމް

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިން ބޭނުންވާ ގޮތަށް ދިވެހިންގެ ރާއްޖެ ބިނާކުރުމަށްޓަކާ އެއް ވެރިކަމެއް 10 ނުވަތަ 15 އަހަރު ވަންދެން އޮންނަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) މެމްބަރުން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ދާއިރާތަކުގައި، މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ފެށުމަށް މިއަދު ބޭއްވި ހަރަކާތަށްފަހު މީޑިޔާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަަފުޅު ދައްކަވަމުންނެެވެ. ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭގޮތަށް ބިނާކުރުމަށްޓަކައި 10 ނުވަތަ 15 އަހަރު ރާއްޖޭގައި އެއް ވެރިކަމެއް އޮންނަންޖެހޭ ކަމަށެވެެ.

“ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭގޮތަށް ބިނާކުރުމަށްޓަކާ އެބަ ބޭނުންވޭ 10 ވަރަކަށް 15 އަހަރު އެއް ވެރިކަމެއް އޮންނަން. އެ ވެރިކަމަކަށް ބަލާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ދިވެހިންގެރާއްޖެއެއްގެ ސިޔާސަތު،” އަބުދުއްރަހީމް ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ ރައީސް މުޢިއްޒު ގެންގުޅުއްވަނީ ދިވެހިންރާއްޖެ އެއް ބިނާކުރުމުގެ ސިޔާސަތު ކަމަށެވެ. އެ ސިޔާސަތު ހަގީގަތަކަށް ހެދުމަށްޓަކައި އެމަނިކުފާނުގެ ވެރިކަން ދިގު ދެމިގެންދާނެ ފަދަ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. އަބުދުއްރަޙީމް އިތުރަށް ވިދާޅުވީ ޕީއެންސީއަށް އޮތް ތާއީދުން އެނގިގެން ދަނީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަނެފައިވާ މިންވަރު ކަމަށެވެ. އަދި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން މުޅި ޕީއެންސީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

“އަޅުގަނޑުމެން އެންމެ މިތިބީ ދެވަނަ ދައުރެއް ރައީސުލްޖުމްހޫރިއްޔާ އަށް ހޯދާދިނުމުގެ ވިސްނުމުގައި. އެ މަސައްކަތް މި ކުރަނީ އިރާދަކުރެއްވީޔާ އެކަން ކާމިޔާބުކުރާނަން،” އަބުދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ ޕާޓީއަށް 75،000 މެމްބަރުން ހަމަކޮށް، ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ހެދުން ކަމަށެވެ. އަދި އެކަން އަންނަ ނޮވެމްބަރުގެ ނިޔަލަށް ފުރިހަމަވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިހާރުވެސް ޕީއެންސީގެ މެމްބަރުންގެ ގޮތުގައި، 60،000 އަށްވުރެ ގިނަ މެމްބަރުން އެބަތިބިކަމަށެވެ. އަދި ރައީސް ބޭނުންފުޅުވަނީ އަންނަ ނޮވެމްބަރުމަހުގެ 17 އާ ހަމައަށް ދާއިރު އެންމެ މެމްބަރުން ގިނަ ޕާޓީއަށް ޕީއެންސީ ހެދުމަށް ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ