އައްޑޫ ސިޓީގައި އިންޑިއާގެ އެމްބަސީއެއް އަދި އިންޑިއާގެ ބެންގްލަރޫގައި ރާއްޖޭގެ އެމްބަސީއެއް އެޅުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ މިއަދު ހެނދުނު ވަނީ ބައްދަލު ކުރައްވާފަ އެވެ. ދިއްލީގައި ހުންނަ މެހެމާނުން ތިއްބަވާ ރަސްމީ ގެކޮޅު، ހައިދަރުއާބާދު ހައުސްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ގައުމާ ގުޅުންހުރި ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ރައީސް ޑރ. މުއިއްޒު އާއި މޯދީގެ ބައްދަލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން އެކުގައި ދެއްވި މީޑިއާ ސްޓޭޓްމަންޓް މޯދީ ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ގާތް އަވަށްޓެރިޔާ އަދި ރަހުމަތްތެރިޔާ ކަމަށެވެ.
އަދި ރާއްޖެއަށް ޖެހުނު ކޮންމެ ދަތި ހާލަތެއްގައި ވެސް އިންޑިއާއިން އެހީ ފޯރުކޮށްދީފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހަކާއި ރާއްޖޭގެ ކޮންސިއުލޭޓެއް ބެންގަލޫރުގައި ގާއިމުކުރުމާ މެދު މަޝްވަރާ ކުރައްވާފައިވާކަން ވަނީ ހާމަކޮށްފައި ވަނީ މި ސްޓޭޓްމަންޓްގައެވެ.
އިންޑިއާގެ ދިއްލީގައި ރާއްޖޭގެ ހައި ކޮމިޝަނެއް އަދި ޓްރިވަންތަޕޫރަމްގައި އެމްބަސީއެއް ހުރެ އެވެ. އަދި ހުޅުމާލޭގައި އިންޑިއާގެ ހައި ކޮމިޝަނެއް ހުރެ އެވެ.



