އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 2.46 މިލިއަން ރުފިޔާ ކަމަށް، ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް، އެމެރިކާ އަށް ދަތުރުފުޅު ކުރެއްވީ މިދިޔަ މަހުގެ 20 އިން 29 އަށެވެ. އެއީ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ޝެޝަންގެ “ހައި ލެވެލް ވީކް” ގައި ތަގްރީރު ކުރެއްވުމަށެވެ.
އެ އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ހަރަދު އާންމުކޮށް ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅަށް ސަރުކާރުން ހޭދަކުރީ 2،455،583.01 ރުފިޔާ ކަމަށެވެ. އެކަމަކު ހަރަދުތަކުގެ ތަފްސީލެއް އާންމުނުކުރެއެވެ. އާންމު ގޮތެއްގައި ރައީސް އޮފީހުން ވަކިވަކި ހަރަދުތައް ވެސް އާންމުކޮށްފައިވެއެވެ.
ރައީސް އޮފީހުން ބުނީ ނިމިދިޔަ ރިޔާސީ ދައުރުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 އިން 30 އަށް ސޯލިހު ކުރެއްވި ދަތުރުފުޅަށް ދައުލަތުން 4,171,832.42ރ ހަރަދުކޮށްފައިވާ ރައީސް އޮފީހުން ބުނެ އެވެ.
އަދި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 އިން 29 އަށް ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުން 5,349,505.88ރ ހޭދަކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
“ވީމާ މި ފަހަރުގެ ދަތުރުފުޅުގައި ސަރުކާރުން ކުރެއްވި ހަރަދު ވަނީ މީގެ ކުރީ ދެ ފަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ކުޑަކުރެވިފައެވެ،” ރައީސް އޮފީހުން އާންމުކުރި މައުލޫމާތުގައި ވެއެވެ.



