ކ. ދިއްފުށި ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ދިއްފުށި ކައުންސިލް ފުޓްސަލް ފިއެސްޓާ 2024” ގެ ތާރީޚަށް ބަދަލު ގެނެސްފިއެވެ.
ކުރިން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ އޮކްޓޫބަރު 31 ގައި ނަމަވެސް، މިހާރު އެ ތާރީޚު ނޮވެމްބަރު 4 އަށް ފަސްކޮށްފައިވާކަމަށް ދިއްފުށީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ރެޖިސްޓްރޭޝަން ހުޅުވާލާފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފޯމު ދިއްފުށި ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ރަޖިސްޓަރީ ވުމުގެ އެންމެ ފަހު ތާރީޚަކީ އޮކްޓޯބަރު 15 އެވެ.
މުބާރާތުގައި އަންހެނުންނާއި ފިރިހެނުންގެ ޑިވިޜަންތައް ހިމެނޭއިރު، ކޮންމެ ޑިވިޜަނެއްގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމާއި، ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވި ގޮތުގައި މި މުބާރާތަކީ ދިއްފުށީގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުޅިވަރުގެ ރޫޙު އަށަގެންނެވުމާއެކު، ފުޓްސަލްގެ މޮޅު ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ބޭއްވޭ މުބާރާތެކެވެ.
ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ދިއްފުށީގައި މިއީ މި މުބާރާތް ބޭއްވޭ ފުރަތަމަ އަހަރެވެ.



