Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް: ޙުތުބާ

ad image

ގުޅުންހުރި ލިޔުންތައް

ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށް ވާކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.

މިއަދުގެ ޙުކުރު ޙުތުބާ ހާއްސަކޮށްފައިވަނީ “ޖުވާކުޅުމަކީ ޙަރާމް ކަމެއް” މި މައުޞޫ އަށެވެ.

އެގޮތުން މިއަދުގެ ޙުތުބާގައި ވަނީ اللهُ سُبُحَانَهُ وَتَعَالَى އެކަލާނގެ މާތް ފޮތުގައި ވަނީ ޖުވާގެ ހުރިހައި ބާވަތްތަކެއް ޙަރާމްކުރައްވައިފައިވާކަމަށް ބުނެފައެވެ. އަދި އެކަލާނގެ ބަޔާންކުރައްވައިފައިވާ ގޮތުގައި އެއީ ޝައިޠާނާގެ ހަޑި ހުތުރު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަމަށް ބުނެފައި ވެއެވެ.

ޙުތުބާގައި ވަނީ ޖުވާއަކީ ކޮބާކަން ބުނެދީފައެވެ. އެގޮތުން އެއީ ީ ދެމީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެއް ކަމަށާޢި، މި ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުޠުކުރާކަމަށް ބުނެފައި ވެއެވެ.

ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނޭ ކަމަށާއި، އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާ އިރު މިވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއް ދެރަވެއްޖެ ނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރާދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލޭކަމަށް ވެސް ޙުތުބާގައި ވަނީ ބުނެފައެވެ.

ޖުވާގެ ބާވަތްތަކުގެ ތެރޭގައި ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތައް ހިމެނޭއިރު، ބައެއް ޤައުމުތަކުގައި މި ކަމަށް ޓަކައި ޚާއްޞަ ނާދީތަކާއި މަރުކަޒުތައް ޤާއިމްކޮށްފައިވާކަމަށާއި، މިފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރުހަދައިގެން ގޮސް، އެ ތަންތަނަށް މުއްސަނދީންނާއި ފަޤީރުން ވަދެ އެ ޙަރަކާތްތަކުގައި ބައިވެރިވާކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ.

“މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން ދަނީ ޢާންމުވަމުންނެވެ. އޭގެ ތެރޭގައި ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ހިމެނެއެވެ. މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވެގެން ދާކަމީ ނުހަނު ހިތާމަހުރިކަމެކެވެ. މި ކަންކަމުން ދަރީން ސަލާމަތްކުރުމަށް ޓަކައި ބެލެނިވެރީން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.” ޙުތުބާގައި ބުނެފައި ވެއެވެ.

އަދި އެއީ މީސްތަކުންގެ މުދާ ޙަރާމް ގޮތުގައި ކެއުން ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ. ހަމައެހެންމެ، މިއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާﷺ ޙަރާމްކުރައްވައިފައިވާ ކަމެއްކަން ފާހަގަކޮށްފައި ވެއެވެ.

ކީރިތި ރަސޫލާﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ހަމަކަށަވަރުން ﷲގެ މުދައު ޙައްޤު ނޫން ގޮތުގައި ބަޔަކު މީހުން ބޭނުން ކުރެއެވެ. ފަހެ ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ނަރަކަ ހުށްޓެވެ.” [1] رواه البخاري (٣١١٨)

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ