Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ހދ. އަތޮޅުގައި 1886 އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: މިނިސްޓަރ ފައިސަލް

ad image

ގުޅުންހުރި ލިޔުންތައް

ހދ. އަތޮޅުގައި މިހާރު ތިން ތަނެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށް، 1886 އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާށްދާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ޒިޔާދު ކުރެއްވި ސުވާލުގައި، ދިވެހިރާއްޖޭގެ ޓޫރިޒަމަށް ބައިގަރުނުވީއިރުވެސް ހދ. އަތޮޅުގައި ޓޫރިޒަމް ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ފެށިފައިނުވާތީ، އެކަން ހައްލުކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރުމަށް ރޭވިފައިވޭތޯ އައްސަވާފައިވެއެވެ. އަދި ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ނިމެންވާއިރަށް، ހދ. އަތޮޅުގައި ޓޫރިސްޓް ބެޑް އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ފައިސަލް ވިދާޅުވީ، ހދ. އަތޮޅުގެ ޓޫރިޒަމް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި، އެ ވައުދު ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން، ވައިކަރަމުރައިދޫގެ 15 ހެކްޓަރު ޓޫރިޒަމް ޑިވެލޮޕްމަންޓަށް ހުޅުވާލެވި، އެވޯޑް ކުރެވިފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.

އަދި ހދ. އަތޮޅުގައި މިވަގުތު ޓޫރިޒަމް ބޭނުމަށް ރަޖިސްޓްރީ ކުރެވިފައިވަނީ އެންމެ 460 އެނދުކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އެ އަތޮޅުގައި މިހާރު ތިން ތަނެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށް، 1886 އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާށް ކަމަށް ވިދާޅުވެފައެވެ.

ހަނިމާދޫ އެއާޕޯޓާ ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ، އިންޑިއާގެ އެގްޒިމް ބޭންކުން ފަންޑުކުރާގޮތަށް އެ އެއާޕޯޓް ތަރައްގީކުރަމުން އަންނަ ކަމަށާއި، އަންނަ އަހަރުގެ މާޗް މަހާ ހިސާބަށް އެ އެއާޕޯޓު ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއާޕޯޓު ނިމޭއިރަށް ހދ. އަތޮޅުގައި އެކަށީގެންވާ އަދަދަކަށް އެނދު އުފެއްދުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން މިހާރުވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ހދ. އަތޮޅުގައި ހުރި ފަތުރުވެރިކަމުގެ ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ހުށަހެޅުމަށްޓަކައި ދުބާއީ އަދި އިންޑިއާގައި ބޭއްވުނު އިންވެސްޓަރ ފޯރަމްތަކުގައި މައުލޫމާތު ހިއްސާކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ