ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އަނެއްކާވެސް މުހިންމު ފިޔަވަޅެއް އަޅައިފިއެވެ.
ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވި ގޮތުގައި، އަންނަ ހަފްތާގައި 5 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ގެދޮރު އެޅުމަށް ލޯނު ދޫކުރަން ފަށާނެއެވެ.
“ހިޔާވެހި” ނަމުގައި ތަޢާރަފުކުރެވޭ މި ލޯނު ސްކީމުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިންގ މިނިސްޓްރީއާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި ލޯނު ސްކީމުގެ ދަށުން ތިން ބާވަތެއްގެ ލޯނު ދޫކުރެވޭނެއެވެ:
ރަށްރަށުގައި ގެދޮރު އެޅުމަށް 1 މިލިއަން ރުފިޔާއާ ހަމައަށް
އާބަން ސެންޓަރުތަކުގައި ގެދޮރު އެޅުމަށް 4 މިލިއަން ރުފިޔާއާ ހަމައަށް
މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް 6 މިލިއަން ރުފިޔާއާ ހަމައަށް
ކޮންމެ ބާވަތެއްގެ ލޯނެއްވެސް 25 އަހަރުގެ މުއްދަތަށް ދޫކުރެވޭނެއެވެ. މިއީ ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ބިން އޮވެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެނުމެވެ.
މި ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލެވޭނެ ކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވެފައިވެއެވެ.



