ގުޅީފަޅު ކައިރީގައި ދެ ލޯންޗް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 12 މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މި އެކްސިޑެންޓު ހިނގައިގެން އެ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މޮިރޭ 19:34 ހާއިރެވެ.
އެ ހާދިސާގައި 12 މީހަަކަށް އަނިޔާވި ކަމަށާއި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ބުނެފައި ވެއެވެ.
ސޯޝަލް މީޑިއާގައި ދައުރަވަމުން އަންނަ ގޮތުގައި އެކްސިޑެންޓުވެފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ޕީކޭޑީ-10 ކިޔާ ލޯންޗަކާއި ފެރިދޫ ޓުއާޒްގެ ސެނޯރާ ކިޔާ ލޯންޗެކެވެ.
އެ ސަރަހައްދުގައި ފުލުހުން މިހާރު ހަަރަކާތްތެރިވަމުންދާއިރު އަދި އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.



