ދެ ލޯންޗު ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް މިހާރު ފަރުވާދެނީ ދެ މީހުންނަށް ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން 20 މީހަކު ހޮސްޕިޓަލަށް ގެނައި ކަމަށެވެ.
އަދި އޭގެ ތެރެއިން ދެ މީހުންނަށްވެސް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި އެކްސިޑެންޓް ވީ ދެ ލޯންޗަށް އެކިވަރުގެ ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ވެފައިވާ ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗަކީ އއ. މަތިވެރި އަދި އުކުޅަހަށް ފެރީގެ ހިދުމަތް ދެމުން އަންނަ ލޯންޗެއްކެވެ. އަދި ދެވަނަ ލޯންޗަކީ ކޮއްދިއްޕަރު ރިސޯޓުގެ ސްޓާފް ފެރީއެވެ.



