Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އަހަރުގެ ބާކީ އޮތް ދެ މަހުގައި ވެސް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެމްއެމްއޭއިން ލަފާދީފި

ad image

ގުޅުންހުރި ލިޔުންތައް

މި މާލީ އަހަރުގެ ބާކީ އޮތް ދެ މަހުގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރެވޭނެ ގޮތަކަށް ހަމަޖެއްސުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރަށް ލަފާދީފިއެވެ. މި ލަފާ ދީފައިވަނީ ސަރުކާރުގެ ޚަރަދުތައް ފޫބެއްދުމަށް ފައިނޭންސް ހޯދުމުގައި ދިމާވެފައިވާ އިތުރު ދަތިތަކާއި، ފައިނޭންސް ނުލިބިދާނެ ކަމުގެ ބިރަށް ރިޢާޔަތްކޮށެވެ.

މި މާލީ އަހަރަށް ފާސްކޮށްފައިވާ 49.9 ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރުން، 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިއާއެކު މުޅި އަހަރުގެ ޖުމްލަ ޚަރަދު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއިން ދީފައިވާ ފަންނީ ލަފާގައި ބުނެފައިވަނީ، ތަކުރާރުވާ ޚަރަދުތައް ކުޑަކުރުމަށް ހުށަހަޅާފައިވާ ސަބްސިޑީތައް ބަދަލުކުރުމާއި އާސަންދަ ނިޒާމު އިސްލާހުކުރުން ލަސްވުމުގެ ސަބަބުން މި އަހަރު އިތުރު 1.5 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން އަންދާޒާކުރާ ކަމަށެ ކަމަށެވެ. މި އަހަރުގެ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއިން ދީފައިވާ ލަފާގައި މި ސިޔާސަތުތައް ތަންފީޒުކުރުމުގައި ހުރި ހުރަސްތައްވެސް ފާހަގަކޮށްފައިވެއެވެ.

އަދި މި ހިނދުގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި މި ސިޔާސަތުތައް ވީހާވެސް އަވަހަކަށް (ކުރިއަށް އޮތް އަހަރުން ފެށިގެން) ތަންފީޒުކުރުމަށް އެމްއެމްއޭއިން ލަފާދީފައިވެއެވެ.

ހުށަހަޅާފައިވާ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން ސަބްސިޑީ ސިޔާސަތު ތަންފީޒުކުރުމަށް މުހިންމު މަޢުލޫމާތު އެއްކުރާ ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުގެ ސަރވޭ އެންމެ ފަހުން ހަދާފައިވަނީ 2019 ވަނަ އަހަރުގައެވެ. މި މަޢުލޫމާތު އަޕްޑޭޓްކުރުމަށްޓަކައި މި ސަރވޭ އަލުން ހެދުން އަވަސްކުރުމަކީ މުހިންމުކަމެއް ކަމަށް އެމްއެމްއޭއިން ދެކޭކަމަށް ބުނެފައިވެއެވެ.

ސަރުކާރުގެ މިހާރުގެ ސަބްސިޑީ އަމާޒުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ ނިޒާމެއް ނުވަތަ “މީންސް ޓެސްޓިންގ” ނިޒާމެއް ޤާއިމުކޮށް، އަވަހަށް ނިންމައި ތަންފީޒުކުރުމުގެ މަސައްކަތް އަވަސްކުރުމަށްވެސް އެމްއެމްއޭއިން ހުށަހަޅާފައިވެއެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ސަރުކާރުން އަންދާޒާކޮށްފައިވަނީ އިތުރު 3.6 ބިލިއަން ރުފިޔާގެ ކެޕިޓަލް ޚަރަދު ހިނގާނެ ކަމަށެވެ. މީގެ ތެރެއިން 57 އިންސައްތަ ހިއްސާކުރަނީ ޕީއެސްއައިޕީއަށް ހިނގާނެކަމަށް ލަފާކުރާ 2.0 ބިލިއަން ރުފިޔާއެވެ. އެމްއެމްއޭއިން ލަފާދީފައިވަނީ ފައިނޭންސިންގ އަދި މަޝްރޫޢުތައް ފައިނޭންސްކުރުމުގައި ކުރިއަށްދާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް އިސްކަންދިނުމަށެވެ. އަދި އަލަށް ރޭވިފައިވާ އަދިދި އަދި އެވޯޑު ނުކުރެވި ހުރި މަޝްރޫޢުތައް ފައިނޭންސިންގއާ އެއްގޮތަށް އޮނިގަނޑު ކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން، ކެޕިޓަލް ކޮންޓްރިބިއުޝަން ދިނުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ގަވަރނަންސް ރަނގަޅުކުރުމުގެ ގޮތްތައް ހޯދުމަށާއި، އަންދާޒާކޮށްފައިވާ ޚަރަދު (441.4 މިލިއަން ރުފިޔާ) ކުޑަކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ