ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ ހަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މުހިންމު ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިގޮތުން އޮކްޓޯބަރު 31 އިން ނޮވެންބަރު 3 އަށް، ހަތަރު ދުވަހުގެ މުއްދަތަށް މާލޭގެ ރަސްމީ ފާލަމާއި ގްރީން ޒޯން ސަރަހައްދު ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން 6:00ން 6:00 އަށް ބަންދުކުރެވޭނެކަމަށް ބުނެފައެވެ.
މި އަަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބުގައި ވައުދުވެ ވަޑައިގެންފައެވެ. މީގެ ކުރިން އޮތް ސަރުކާރުތަކުން މި ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކޮށްފައެއް ނުވެއެވެ.
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއިން ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރުމަށް ކަނޑައަޅާފައިވާ ދުވަހެވެ.




މީގެކުރީސަރުކާރުތަކުން ތިވަރަށް ޚަރަދުކޮށް ތިވަރަށްތަންތަން ބަންދުނުކުރާތީތޯ ނަސްރުގެދުވަސް ފާހަގަކުރިކަމަށް ތިނުވީ.؟؟؟