Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އާސަންދައިން ވިޔަފާރިކޮށް ނާޖާއިޒު ބޮޑެތި ފައިދާތައް ދަނީ ނަގަމުން: ހީނާ

ad image

ގުޅުންހުރި ލިޔުންތައް

އާސަންދައިގެ ނިޒާމު ބޭނުންކޮށްގެން ބައެއް އަމިއްލަ ފަރާތްތަކުން ނާޖާއިޒު ބޮޑެތި ފައިދާތައް ނަގަމުންދާކަމަށް އެންސްޕާގެ ސީއީއޯ އަދި  ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެމުންދާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތުތަކެއްކަން ހީނާ ވަލީދު ކަށަވަރުކޮށްދެއްވިއެވެ.

އަދި އެކަމުގެ ހެކި ދައްކަވަމުން ހީނާ ވަނީ އާސަންދައިގެ ބޭހުގެ އަގު މުރާޖަޢާކުރުމުގެ ތެރެއިން، އެންމެ ޚަރަދު ބޮޑު އެއް ބޭސްކަމުގައިވާ “ލުސެންޓިސް އިންޖެކްޝަން” ގެ އަގު ޗެކްކުރުމަށް ލޮލުގެ ފަރުވާގެ ޚިދުމަތްދޭ ފަރާތަކުން ބޭސް ގަންނަ އަގު ހޯދުމަށް އެދުމުން، އެ ފަރާތުން ފޮނުވި އިންވޮއިސްތަކުން އެނގުނު ގޮތުގައި، މި ބޭސް އެ ފަރާތަށް ގަންނަން ލިބޭ އަގަށްވުރެ ބޮޑުތަނުން ބޮޑުކޮށް އާސަންދައަށް ބިލްކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

ހީނާ ވަލީދު ހާމަކުރެއްވި ގޮތުގައި، 500 ޑޮލަރަށް ގެނެސްފައިވާ ބޭހެއް 23,000 ރުފިޔާއަށް އާސަންދައަށް ބިލްކޮށްފައިވެއެވެ. އަދި އެންމެ އިންޖެކްޝަނަކުން 14,000 ރުފިޔާގެ ފައިދާއެއް ނަގާފައިވާ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ހީނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ބޭސް އެތެރެކުރަން ރަޖިސްޓަރކޮށްފައިވަނީ މުޅިން އެހެން ކުންފުންޏަކުންނެވެ. ނަމަވެސް އެ ފަރާތުން އެއްވެސް ވަރަކަށް މި ބޭސް އެތެރެކޮށްފައި ނުވާކަމަށް ހީނާ ވިދާޅުވިއެވެ. ލޮލުގެ ފަރުވާގެ ޚިދުމަތްދޭ މި ފަރާތުން ބޭސް ވިއްކާފައިވަނީ ބޭސް އެތެރެކުރުމަށް ރަޖިސްޓަރީނުކޮށް، ޕްރިސްކްރިޕްޝަނަށެވެ.

މި މައްސަލައިގައި އެންމެ ކަންބޮޑުވާ ކަމަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިނުވާ އިންޖެކްޝަނަކަށް ބިލުކޮށްފައިވުމާއި، އަގުގެ ބޮޑު ތަފާތަކުން ބޮޑު ފައިދާއެއް ނަގަމުންދިޔަ އިރު އެކަން އާސަންދަ ކުންފުންޏަށް ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް އަންގާފައިނުވުން ކަމަށް ހީނާ ވިދާޅުވިއެވެ.

މި މައްސަލަ ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެންސްޕާގެ ވެލްފެއާ އެހީގެ ދަށުން މިހާރުވެސް ކޮންޓްރޯލްޑް އަގެއްގައި ބޭނުންވާ ފަރާތްތަކަށް މި ބޭސް ހޯދުމަށް އެހީތެރިކަން ދެވެމުންދާކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިކަން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“އެކި އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ ފައިދާގެ ބޭނުމަށް އާސަންދަ ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބޭކަމީ ހަގީގަތެއް,” ހީނާ ވިދާޅުވިއެވެ.

“މިހެން ދިމާވަނީ ޒަމާނުއްސުރެ މި ނިޒާމްގެ ތެރޭގައި ހުރި މިފަދަ އެތައް މައްސަލައަކަށް އެޓެންޑް ނުކުރެވި، އެއް ނިޒާމް އަނެއް ނިޒާމާ ވާހަކަ ނުދެކެވި ބޮއްސުންލާން ދޫކޮށްލެވިފައި އޮތުމުގެ ސަބަބުން.” ހީނާ އިތުރަށް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، މި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ހީނާ ފާހަގަކުރައްވާ ވަނީ ރައީސްގެ ލަފާފުޅުގެ ދަށުން، އެކަން ބަދަލުކޮށް އިސްލާޙު ކުރާނެކަމަށް ވިދާޅުވެފައެވެ.

މި މައްސަލަ ބަލައި، އިތުރަށް ތަޙްޤީޤުކުރުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކުރަމުންދާކަން ވެސް ހީނާ ވަލީދު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އާސަންދައިގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ