ދިއްފުށި ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްދާ ފުޓްސަލް ފިއެސްޓާ 2024 ގެ ކުޅުނު މެޗުގައި ސްޓެލްކޯއިން ބޮޑު ފަރަގަކުން ވާނުވާ ޖޭއާރް ބަލިކޮށްލައިފިއެވެ. މި މެޗު ސްޓެލްކޯ ކާމިޔާބުކޮށްފައިވަނީ 8-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފެށުމާއެކު ސްޓެލްކޯގެ ހުސެއިން ރަޝީދު ވަނީ ފުރަތަމަ މިނެޓުގައި ގޯލެއް ޖަހައި ޓީމަށް ލީޑު ހޯދައިދީފައެވެ. އޭގެ ފަހުން ގަބޭ ވަނީ ދެ ގޯލު ވަރަށް ގާތްގާތުން ޖަހާފައެވެ. މެޗުގެ ތިންވަނަ ގޯލުވެސް ޖެހީ އަނެއްކާވެސް ހުސެއިން ރަޝީދެވެ.
ސްޓެލްކޯގެ ހަތަރުވަނަ ގޯލު ޖެހީ އެ ޓީމުގެ އަލީ ހާފިޒެވެ. އަދި ފަސްވަނަ ގޯލުވެސް ގަބޭ ޖަހާފައިވާއިރު، ހަވަނަ ގޯލު ޖެހީ އަހުމަދު ފަވާޒެވެ. މެޗުގެ ހަތްވަނަ ގޯލު މުހައްމަދު ސާއިދު ކާމިޔާބުކޮށްދީފައިވާއިރު،. އަށްވަނަ ގޯލު ޖަހާފައިވަނީ ސްޓެލްކޯ ޓީމުގެ ކެޕްޓަން ހުސެއިން އާމިރެވެ.
މި މެޗުގައި ސްޓެލްކޯގެ ހުރިހާ ކުޅުންތެރިންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.


ވާނުވާ ޖޭއާރްގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހު ސިކުންތުގައި މާހީ އިބްރާހިމްއެވެ. މާހީ ވަނީ މި މެޗުގައި ގިނަ ހަމަލާތަކެއް ފޮނުވާފައެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަށް ހޮވުނީ ސްޓެލްކޯ ޓީމުގެ ޖާރޒީ ނަމްބަރު 8 އިބްރާހިމް އަސްވަދުއެވެ.




