ދިއްފުށި ކައުންސިލް ފުޓްސަލް ފިއެސްޓާ 2024 ގައި ރޭ ކުޅުނު އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ވިކްޓްރީ ވައިޕާސް، ކިކިން ކްއީންސް އަތުން މޮޅުވެއްޖެ އެވެ. މި މެޗުގައި ވިކްޓްރީ ވައިޕާސް މޮޅުވެފައި އެ ޓީމުގެ އެންމެ 14 އަހަރުގެ ކުޅުންތެރިޔާ އައިޝަތު ލައިބާ ހެދި ހެޓްރިކުންނެވެ.
މި މެޗުގައި ކިކިން ކްއީންސް އަށް އެއްވެސް ގޯލެއް ޖެހިފައި ނުވާއިރު، ވިކްޓްރީ ކްއީންސްގެ ޖާޒީ ނަމްބަރު 11، ލައިބާ ވަނީ އެ ޓީމަށް ތިން ގޯލު ޖަހައިދީފައެވެ.

މި މެޗު ފެށިގެން ފުރަތަމަ ހާފު ނިމުމަކާ ހަމަޔަށް ދިޔައިރުވެސް ދެ ޓީމަށްވެސް ގޯލެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް ވިކްޓްރީ ވައިޕާސްއިން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާފައެވެ.
ވިކްޓްރީ ވައިޕާސް ފުރަތަމަ ގޯލު ކާމިޔާބުކޮށްފައި ވަނީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައެވެ. އޭގެ ފަހުން ލައިބާ ވަނީ ވިދިވިދިގެން އިތުރު ދެ ގޯލު ޖަހައި، ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މުބާރާތުގައި ލައިބާ މިހާތަނަށް ވަނީ ޖުމްލަ ހަތަރު ގޯލު ޖަހާފައެވެ. އޭނާގެ ޚާއްޞަ ހުނަރާއި ކުޅުންތެރިކަމުގެ ސަބަބުން، ލައިބާ ވަނީ “ކުއީން އޮފް ދަ މެޗް” ގެ މަޤާމު ވެސް ހޯދާފައެވެ.

މި މޮޅު ވެގެން ގޮސްފައިވަނީ ވިކްޓްރީ ވައިޕާސްއަށް ފައިނަލަށް ދަތުރުކުރުމަށް ލިބުނު މުހިއްމު ފުރުސަތަކަށެވެ. އެހެންނަމަވެސް ފައިނަލުގައި ކުޅޭ ދެ ޓީމު ކަށަވަރު ވާނީ މިރޭގެ މެޗަށް ފަހުގައެވެ.
މިރޭގެ މެޗުގައި ވާނުވާ ކްއީންސް ނުކުންނާނީ ކިކިން ކްއީންސް އާއި ދެކޮޅަށެވެ.



