ދިއްފުށި ކައުންސިލް ފުޓްސަލް ފިއެސްޓާ 2024ގެ ފިރިހެން ޑިވިޝަންގައި ރޭ ކުޅުނު ދެވަނަ މެޗުގައި ވާނުވާ އެފްޓީ ވަނީ ވާނުވާ ޖޫނިއަރ އަތުން 12-6 ގޯލުގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.
މި މެޗު ފެށުމާއެކު ވާނުވާ އެފްޓީއިން ވަނީ ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައެވެ. އެފްޓީގެ އާދަމް ޝަފީއު (ޖާޒީ ނަންބަރު 10) ވަނީ ތިން ގޯލުޖަހާ ހެޓްރިކު ހަދާފައެވެ. އަދި އަޙްމަދު މާޒިން (ޖާޒީ ނަންބަރު 9) ވަނީ ދެ ގޯލު ޖަހާފައެވެ. ޒައިން ޒަފަރު (ޖާޒީ ނަންބަރު 11) ވެސް ވަނީ ދެ ގޯލު ޖަހައިފައެވެ.
މީގެ އިތުރުން، އެފްޓީގެ ޝައިހާން ފާއިޒް (ޖާޒީ ނަމްބަރު 6)، މުޙައްމަދު އަސްލަމް (ޖާޒީ ނަމްބަރު 22)، ސާމިން މުޙައްމަދު (ޖާޒީ ނަމްބަރު 4)، ޢަލީ ރިފާޢު (ޖާޒީ ނަމްބަރު 17) އަދި ޙަސަން ޝާހިލް (ޖާޒީ ނަމްބަރު 8) ވެސް ވަނީ ގޯލު ޖަހާފައެވެ.
އަނެއްކޮޅުން، ވާނުވާ ޖޫނިއަރގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ އަށްވަނަ މިނެޓުގައެވެ. އެ ޓީމުގެ 6 ގޯލުގެ ތެރެއިން 4 ގޯލު ޖެހީ ރިޝާން ރިޝްވާން (ޖާޒީ ނަންބަރު 10) އެވެ. ބާކީ ދެ ގޯލު ޖެހީ މާހީ އިބްރާހިމް (ޖާޒީ ނަންބަރު 11) އެވެ. ރިޝާން ވެސް ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައެވެ.
މި މެޗުގެ “މޭން އޮފް ދަ މެޗް” އަކަށް ހޮވުނީ ވާނުވާ އެފްޓީގެ އާދަމް ޝަފީއުއެވެ.




