މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ކުރިއަށް ގެންދިޔަ “ޕިއަރ އެޑިއުކޭޓަރ” ތަމްރީނު ޕްރޮގްރާމު ނިމި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ޕްރޮގްރާމަކީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުނު ޕްރޮގްރާމެކެވެ.
މި މަހުގެ 16 ވަނަ ދުވަހު ފެށުނު މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި 28 ޒުވާނުން ވަނީ ޕްރޮގްރާމު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނަށް އެމީހުންގެ މުޖުތަމަޢުގެ ތެރޭގައި ހުރި ނަފްސާނީ އަދި އިޖްތިމާޢީ މައްސަލަތަކަށް އަމާޒުކޮށްގެން ހަރަކާތްތައް ފަރުމާކުރުމާއި ތަންފީޒުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް މުޖުތަމަޢުގައި ދިމާވާ އެކި މައްސަލަތައް ދެނެގަތުމާއި، އެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ މުހިންމު ވަސީލަތްތައް ވަނީ ފޯރުކޮށްދީފައެވެ.Open with Editorއައު ޗެޓެއް



