ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ގއ. ވިލިނގިލި ވައިޖެހޭގެ ޔަޒްމީދު މުޙައްމަދު އައްޔަނު ކުރައްވައިފިއެވެ.
ޔަޒްމީދު މި މަގާމަށް އައްޔަންކުރެއްވީ ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުގެ ގޮތުގައި ހުންނެވި ރ. އިނގުރައިދޫ، ހިތްވަރު، މުހައްމަދު ސަމީރު ވަކިކުރައްވާފަ އެވެ.
މި މަގާމަށް ޔަޒްމީދު އައްޔަނު ކުރައްވާފައިވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ޖޭއެސްސީގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވީ މާފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސެއިން ރިޒާ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން މިހާރު ޖޭއެސްސީގައި އިންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ކޮމިޝަންގައި ބަންޑާރަ ނައިބު ވެސް ހިމެނިވަޑައިގަންނަވަ އެވެ.



