އައްޑޫ ސިޓީގެ މަރަދޫ-ހިތަދޫ ބްރިޖުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ. ފުލުހުން ވަނީ މި މައްސަލަ ހުށަހަޅާފައިވާކަން ޔަގީންކޮށްދީފައެވެ.
ފުލުހުން ހާމަކުރިގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް ބާރު ސްޕީޑުގައި މަރަދޫއިން ހިތަދޫއަށް ދުއްވަމުން ދަނިކޮށް، ބްރިޖުގެ ބެންޑު ހިސާބުން ސައިކަލުގެ ކޮންޓްރޯލް ގެއްލި، ބްރިޖުގެ ފެންސުގައި ޖެހުމުގެ ސަބަބުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



