Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ސިމާ ހުރިހާ ކުދިންނަށް މި ކިޔައިދެނީ ރަމަޟާން މަހުގެ ވާހަކަ

ad image

ގުޅުންހުރި ލިޔުންތައް

ފޮތެއް ލިޔެ ޝާއިއުކުރުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. މިއީ އެތައް ވަގުތަކާއި މައުލޫމާތެއް އެއްކޮށްގެން ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތުން ނޫނީ ނުވާނެ ކަމެކެވެ. ކ. ދިއްފުއްޓަށް އުފަން ފާތިމަތު ސިމާގެ ވެސް މަސައްކަތް ފެށުނީ 2018 ވަނަ އަހަރު އިންސްޓަގްރާމްގައި “މިނީ މުސްލިމް”ގެ ނަމުގައި ހެދި ޕޭޖަކުންނެވެ. ކުރިން ޕްރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި ސިމާއަކީ ލިބޭ ހުސްވަގުތުތަކުގައި އެކި ކަހަލަ ކްރާފްޓިން މަސައްކަތް ކުރާ ފަރާތެކެވެ. އެގޮތުން ބޭބީ މޮބައިލްސް، ބެނާ އަދި ސޯޝަލް މީޑިޔާގައި ބޭނުންކުރާ ސްޓިކަރ އަދި ގިފްސް އަކީވެސް ސިމާ ހުސްވަގުތުތަކުގައި ކުރާ މަސައްކަތެކެވެ.

ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ހާއްސަވެފައި ވަނީ “ރަމަޟާން މަސް” މި ނަމުގައި ސިމާ ލިޔެ ޝާއިއުކުރި ފޮތެވެ. މި ފޮތަކީ ކުޑަކުދިންނަށް ރަމަޟާން މަހުގެ މުހިންމުކަމާއި، ރޯދައިގެ މަތިވެރިކަން އަދި ހެޔޮކަންތައް ކުރުމުގެ މުހިންމުކަން ދަސްކޮށްދޭ ފޮތެކެވެ. 3 އަހަރުންން މަތީގެ ކުދިންނަށް އަމާޒުކޮށްގެން ލިޔެފައިވާ މި ފޮތުގެ މަންފާ މައިންބަފައިންގެ އެހީތެރިކަމާއެކު 3 އަހަރުން ދަށުގެ ކުދިންނަށްވެސް ލިބިގަނެވޭނެކަމަށް ސިމާ ބުނެއެވެ.

“ރަމަޟާން މަސް” ފޮތުގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ ކުޑަކުދިންނަށް ފަސޭހައިން ދޭހަވާނެ ގޮތަށް ގެނެސްދީފައިވާ މަޢުލޫމާތުތަކެކެވެ. މީގެ އިތުރުން، ރަމަޟާން މަހާ ގުޅުންހުރި ދެ ދުޢާއެއްވެސް މި ފޮތުގައި ހިމަނާފައިވެއެވެ. މިއީ ކުޑަކުދިން އާ ގުޅުން ބަދަހިކޮށް، ދުޢާގެ ބާރުވެރިކަން ދަސްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ސިމާ ބުނިގޮތުގައި މި ފޮތް ލިޔުމަށް އިންސްޕަޔަރ ވެފައިވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ފާޠިމަތު ޟުޢާޢުގެ ފަރާތުންނެވެ. “ތުއްތު މުސްލިމް” ޕޭޖް ހިންގަމުންދާ ޟުޢާޢުވެސް ވަނީ 2023 ވަނަ އަަހަރު ކުޑަކުދިންނަށް ހާއްސަ ފޮތެއް ޕަބްލިޝްކޮށްފައެވެ. އަދި މިހާރު ދަނީ ދެވަނަ ފޮތް ނެރުމަށް ތައްޔާރުވަމުންނެވެ

” ރަހުމަތްތެރިޔާގެ ފުރަތަމަ ފޮތް ޕަބްލިޝްކުރި ސެލެބްރޭޝަންގެ ތެރެއިން ބުނީ ޓްރރައިކޮށްލަބަލާށޭ. އެހެންބުނެ ވަރަށް ބޮޑަށް ސަޕޯޓުދީ އެންކަރޭޖްކުރި. އެގޮތުން އަސްލު އިންސްޕަޔަރވީ” ސިމާ ބުނެފައިވެއެވެ.

“ރަމަޟާން މަސް” ފޮތުގައި ހިމެނޭ ހުރިހާ ކުރެހުމަކީވެސް ސިމާގެ އަމިއްލަ މަސައްކަތެވެ. ސިމާ ބުނިގޮތުގައި އެއީ އޭނާގެ ދަރިފުޅާއި ޢާއިލާއާއެކު ރޯދަމަހުގައި ނަގާފައިވާ ފޮޓޯތައް ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުންތަކެވެ. އަދި މި ފޮތް ތައްޔާރުކުރުމުގައި ޟުޢާޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ފޮތުގެ ލޭ އައުޓް، ޑިޒައިން އަދި ޓައިޓަލް ތައްޔާރުކުރުމުގައި ވެސް ރަހުމަތްތެރިޔާގެ އެހީތެރިކަން ސިމާ ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.

މި ފޮތް އީ-ޓުކުރި، “މިނީ މުސްލިމް” ޕޭޖް އަދި “އެހެނިހެން ބުކްޝޮޕް” މެދުވެރިކޮށް މިހާރު ލިބެން ހުންނާނެކަމަށް ސިމާ ވަނީ ބުނެފައެވެ.

މިހާރު އިތުރު ފޮތެއް ނިންމައި، ޕްރިންޓް ކުރުމަށް ތައްޔާރުވެފަވާ ސިމާ ވަނީ ފޮތް ޝާއިޢުކުރަން ބޭނުންވާ ލިޔުންތެރިންނަށް ފުރަތަމަ ފަށާއިރު ހުރިހާ ކަމެއް ނޭނގުނަސް، ކޮންމެވެސް ހިސާބަކުން ފެށުމަށް ލަފާދީފައެވެ. އަދި އިތުރަށް އޮޅުންފިލުވަން ބޭނުންވާ ނަމަ “މިނީ މުސްލިމް” ޕޭޖަށް މެސެޖް ކުރުމުންވެސް އެހީފޯރުކޮށްދޭނެކަމަށް ސިމާ ބުނެފައިވެއެވެ.

https://www.facebook.com/share/1BFtB37k8t/?mibextid=wwXIfr

މި މަސައްކަތުގައި ސިމާއަށް އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ޚާއްޞަކޮށް އޭނާގެ ފިރިމީހާއަށާއި އަދި ދެ ޢާއިލާގެ އެންމެހައި ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފައިވެއެވެ. ފޮތް ތައްޔާރުކުރުމުގައި އެހީތެރިވި ރަޙްމަތްތެރިޔާ ޝުޢާޢުއަށާއި، “ގިފްސް” ހެދުމުގައި އެހީތެރިވި (އަ ނިޤާބީ ޑްރޯސް) ޕެޖް ހިންގަމުންދާ ޒިޔާނަތު ޢައްބާސްއަށްވެސް ޝުކުރު އަދާކޮށްފައިވެއެވެ. 

ސިމާގެ މި މަސައްކަތަކީ ދިވެހި ކުޑަކުދިންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރެވޭ އަގުހުރި މަސައްކަތެކެވެ. ސިމާ ދެކޭގޮތުގައި ކުޑަކުދިންނަށް ފަސޭހައިން ދޭހަވާ ގޮތަށް ރަމަޟާން މަހުގެ މުހިންމުކަމާއި، އިސްލާމްދީނުގެ އަސާސްތައް ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް މައިންބަފައިން ދަރިންނާއެކު ފޮތް ކިޔުމުގެ މުހިންމުކަން ފާހަގަކޮށް ސިމާ ވަނީ މިކަމުގެ ސަބަބުން ދަރިންނާއި މައިންބަފައިންނާ ދެމެދު ގުޅުން ބަދަހިވެ، އެކަކު އަނެކަކަށް ސުވާލުކޮށް މަޢުލޫމާތު މުއްސަނދިވުމަށް މަގުފަހިވެގެންދާނެކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ