ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރައްވާ ކަމަށާ، އަދި ނުވެސް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“އެކްސް” ގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާނެ ކަމަށެވެ. އަދި ނުވެސް ކުރައްވާނެ ކަމަށެވެ.
“އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަހްމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެ” ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ މާލޭގެ ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ޒުވާނަކު ވެއްޓުނު މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ އަންހެން މީހާ ރޭޕްކޮށް ‘ވައްޓާލީ” ކަމަށް ތުހުމަތުކޮށް އެކަމުގައި ޝާމިލުވަނީ ސަރުކާރާ ގުޅުން ހުރި ފަރާތްތައް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
އެގޮތުން ތުހުމަތު ކުރެވުނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫނާއި، “ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ”ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދަށެވެ.
އެތަނުން، ދާވޫދު ޒުވާނުންގެ ލަފާދޭ ކޮމިޓީން ވަކިކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން ވަނީ ސަސްޕެންޑް ކުރައްވައިފައެވެ.



