މާލެ އިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ، ތ. ތިމަރަފުށި، ސަލްވާ އުމުރުން 31 އަހަރުގެ ފާޠިމަތު ޝަހުދާ ކަމަށެވެ.
މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޭނަގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި 24 ވަނަ ދުވަހުގެ ރެ އެވެ. ޝަހުދާ އެންމެ ފަހުން ފެނިފައި ވަނީ އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންކަމަށާއި އޭރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެ އްކަމަށް އާއިލާއި އިން ބުނާ ކަމަށް ފުލުހުން ބުންޏެވެ.
ޠިމަތު ޝަހުދާއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ ލަސްނުކޮށް ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންގެ ޚިދުމަތުންވަނީ އެދިވަޑައިގެންފައެވެ.



