ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި “ބްރިލިއަންޓް ކެރިއަރ” ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި މި ދޯނި ގެއްލިފައިވަނީ 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަށްހާއިރު ފުރުމަށްފަހުއެވެ.
ފުލުހުން ބުނިގޮތުގައި މި ދޯނި ތިބި 5 ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައި ކަމަށާއި، އެއިރު ދޯނީގެ ކެޕްޓަންބުނެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ދޯންޏާ އެއްވެސް ގުޅުމެއް ލިބިފައެއް ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ..
މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފައެވެ. އަދި މިހާރު ކަމާބެހޭ ފަރާތްތަކުން ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ..
މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައިދިނުމަށް ފުލުހުން އެދިފައިވެއެވެ.



