Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

2025 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރު: “އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން”

ad image

ގުޅުންހުރި ލިޔުންތައް

މި ޝިއާރުން ބުނެދޭން ބޭނުންވަނީ ކުދިންނަށް އުފާވެރި ހަޔާތެއް އަދި ދުޅަހެޔޮ ކުރިމަގެއް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ދެ ކަމަކީ މައިންބަފައިން ކުދިންނާ އެކު ހޭދަކުރާ އުފާވެރި ވަގުތާއި އަދި މައިންބަފައިންނާއި ކުދިންނާ ދެމެދު އޮންނަ އުފާވެރި ، ހަރުދަނާ ގުޅުން ކަމެވެ.

އެންމެ ފުރަތަމަ ކަމަކީ ‘އުފާވެރި ވަގުތު’ އެވެ. މިއީ މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކެވެ. މި ވަގުތުތަކަކީ ކުދިންނަށް ލޯބި، އަޅާލުން އަދި ސަމާލުކަން ލިބޭ ވަގުތުތަކެވެ. ކުދިންނާއެކު ކުޅިވަރުކުޅެ، ވާހަކަދައްކައި، އެކުގައި ކިޔެވުން ފަދަ ކަންކަމުގެ ތެރެއިން ކުދިންނާއެކު ވަގުތު ހޭދަކުރުމަކީ ކުދިންގެ ހިތްތަކުގައި އުފާވެރިކަމާ ރައްކާތެރިކަމުގެ އިހުސާސް އުފައްދައިދޭނެ ކަންކަމެވެ. އަދި މި ކަންކަމުގެ ސަބަބުން އެ ކުދިންގެ ސަހުސިއްޔަތު ބިނާކުރުމަށް މަގުފަހިވެގެންދެއެވެ.

ދެވަނަ ކަމަކީ ‘އުފާވެރި ގުޅުން’ އެވެ. މިއީ މައިންބަފައިން އެކަކު އަނެކަކާއި ދެމެދު އޮންނަ ގުޅުމާއި، ދަރިންނާއި މައިންބަފައިންގެ ދެމެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުމެވެ. މި ގުޅުމުގެ ތެރެއިން ކުދިންނަށް ލިބެނީ އަޅާލުމާއި، އެހީތެރިކަމާއި، މަޝްވަރާއާއި، ހިތްވަރެވެ. މިފަދަ ގުޅުމެއްގެ ތެރެއިން ކުދިންނަށް އެމީހުންގެ ޝުޢޫރުތައް ހިއްސާކުރުމަށް ފަސޭހަވެ، ދިމާވާ ދަތިތަކާ ކުރިމަތިލާން ދަސްވެއެވެ. އަދި މައިންބަފައިންނަށް ކުދިންގެ ބޭނުންތަކާއި އުންމީދުތައް ދެނެގަތުމަށް ފަސޭހަވެއެވެ.

މި ދެކަމުގެ ނަތީޖާ އަކީ ‘އުފާވެރި ކުދިން’ އެވެ. އުފާވެރި ވަގުތާއި އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އިތުބާރު ހުރި، އަމިއްލަ ނަފްސަށް ޔަޤީންކަން އޮތް، އުފާވެރި ދަރިންނަށް ވެގެންދެއެވެ. މިފަދަ ކުދިންނަކީ ތަޢުލީމީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން އަދި ޖަޒްބާތީ ގޮތުން ކުރިއަރާ ކުދިންނެވެ. އެމީހުންނަކީ ދުނިޔެ ދެކެ ހެޔޮ ގޮތުގައި ދެކޭ، ފުރިހަމަ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ ކުދިންނެވެ. 

“އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން” މި ޝިޢާރަކީ ކުދިންގެ ތަރުބިއްޔަތާއި ބެހޭގޮތުން ވަރަށް މުހިންމު ޙަޤީޤަތެއް ހާމަކޮށްދޭ ޝިޢާރެކެވެ. އެއީ ކުދިންނަށް ބޭނުންވަނީ ހަމައެކަނި މާއްދީ ކަންކަމެއް ނޫނެވެ. އެމީހުންނަށް ބޭނުންވަނީ ލޯތްބާއި، ސަމާލުކަމާއި، ގާތްކަމެވެ. މިކަންކަން ލިބުމުން، އެމީހުންނަކީ އުފާވެރި، ދުޅަހެޔޮ، ކާމިޔާބު ކުދިންނަށް ވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ