ޒުވާން އަދި އަލަށް ބެލެނިވެރިންނަށް ވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބެލެނިވެރިންގެ ދުވަހާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ކުރިމަތިވާ ގިނަގުނަ ގޮންޖެހުންތަކާއެކުވެސް، ކުރިއަށް އޮތް ޖީލުތައް ބިނާކުރުމުގެ މަތިވެރި ޒިންމާ އުފުލަމުންދާ ޒުވާން އަދި އަލަށް ބެލެނިވެރިންނަށްވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް އެހީތެރިވުމަކީ މުހިންމު ކަމެކެވެ.
“އަޅުގަނޑުމެންގެ ސަރުކާރުން ދަނީ ބެލެނިވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި، އެކަށީގެންވާ މާހައުލެއް އަދި ފުރުސަތުތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން. މިކަމުގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް، އުފާވެރި އަދި ދުޅަހެޔޮ ދަރިން ތަރުބިއްޔަތު ކުރުމަށް މަގުފަހިކޮށްދިނުން،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ބެލެނިވެރިންނަށް އެހީތެރިވުމަކީ މުޖުތަމައުގެ ހަރުދަނާކަން ކަށަވަރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި މިކަމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ޖޫން 1 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ބެލެނިވެރިންގެ ދުވަހުގެ ގޮތުގަިއ ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ މައިންބަފައިންގެ ޒިންމާތަކާއި، އެފަރާތްތަކުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރު އަދާކުރުމުގެ ދުވަހެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރެއެވެ.




ތިޔަހެންވިދާޅުވުމަކުންނުފުދޭ ބިންކޮޅެއްއޮތަސް އުޅޭނެތަނެއްނެތިގެން ކާވެނިނުކުރެވިފައިތިބިކިތައްޒުވާނުންއެބަތިބިތޯއެވެ މިކަމަށްޢަމަލީސިފައެއްނުލިބޭތީ ލިބިދާނެކަމުގެއުއްމީދުގައި