މިއަދު ހެނދުނު އއ. އަތޮޅުން މާލެއަށް އަންނަމުންދިޔަ ލޯންޗެއްގެ ވިންޑް ސްކްރީން ތަޅައިގެން ގޮސް، ލޯންޗް ތެރެއަށް ރާޅު އަރައި ގެއްލުންތަކެއް ލިބިއްޖެ އެވެ.
“ސެނޯރާ ވޭކް” ނަމަކަށް ކިޔާ މި ލޯންޗަށް މި ހާދިސާ ދިމާވެފައިވަނީ މިއަދު ހެނދުނު 08:08 ހާއިރު ކ. ގިރާވަރު ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް ކަމަށް މެރިން ޕޮލިހުން ހާމަކޮށްފައިވެއެވެ. އެވެ. އެ ލޯންޗުން އެ ވަގުތު 12 މީހުން ދަތުރުކުރަމުން ދިޔަ އެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައި، ލޯންޗުގައި ތިބި އެންމެން ރައްކާތެރިކަމާއެކު މާލެ ގެނެސްފަ އެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަހުގީގެއް ކުރިއަށްދާކަމަށް މެރިން ޕޮލިހުން މައުލޫމާތު ދީފައިވެއެވެ.
މިހާރު މޫސުން ގޯސްވެފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމުގެ މައުލޫމާތު ރަނގަޅަށް ބެލުމަށްފަހު ދަތުރުކުރުމަށް މެރިން ޕޮލިހުން އިލްތިމާސްކޮށްފައިވެ އެވެ. އަދި ކަނޑުމަތީގެ ސަލާމަތީ މިންގަނޑުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިރުޝާދު ދީފައިވެ އެވެ.



