މާލޭ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިއްޖެއެވެ.
ފުލުހުން ވަނީ މި މައްސަލަ ރޭ ފަތިހު 4:00 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާކަމަށް ބުނެފައެވެ.
މި ހާދިސާގައި ވެއްޓުނު އަންހެން މީހާގެ ދެ ފައިގެ ކުޑަ ހުޅު ނެއްޓި، “އޯޕަން ފްރެކްޗަރ” ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މިވަގުތު އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަފްސީލް އަދި ސާފުވެފައި ނުވިނަމަވެސް، ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.



