Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އިސްލާމީ އަގީދާއަކީ މުޖުތަމައުގެ މައްސަލަތައް ހައްލުކޮށް، ކުރިއެރުން ހޯދުމަށް މުހިންމު އަސާސެއް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

އިސްލާމީ އަގީދާއަށް ތަބާވުމަކީ މުޖުތަމައުގެ ގޮންޖެހުންތައް ހައްލުކޮށް، ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް މުހިއްމު އަސާސެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވީ ހިޖުރީ އައު އަހަރު 1447 ފެށުމުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބުގައެވެ.

ރައީސްގެ ހިތާބުގައި ވަނީ މިފަދަ މުނާސަބަތުތަކުގައި، ޤައުމުގެ ސަލާމަތާއި ދުޅަހެޔޮކަން އިސްލާމްދީނާ ގުޅިލާމެހިފައިވާކަން ދިވެހި ރައްޔިތުން ޤަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި ﷲ ގެ އިރުޝާދުގެ ދަށުން ކުރެއްވި ނަބިއްޔާ މުޙައްމަދު ﷺ ގެ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައަކީ އިސްލާމީ އުއްމަތަށް ފިލާވަޅުތަކެއް ލިބިގެންވާ ތާރީޚީ ހާދިސާއެއްކަމަށް ފާހަގަކުރައްވައި، އެ ދަތުރުފުޅުގައި ކަންތައް ކުރެއްވި ގޮތުން ވަކިވަކި ފަރުދުންނަށާއި، ޤައުމަށާއި، މުޅި އުއްމަތަށް ކާމިޔާބު ހޯދުމަށް ގެންގުޅެންޖެހޭ އުސޫލުތަކުގެ މިސާލުތައް ފެންނަން ހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ހިޖުރަކުރެއްވި ރޭ ހިނގި މުހިންމު ކަންތައްތަކުގެ ތެރޭގައި، ޢަލީ (ރަޟިﷲ ޢަންހު) ނަބިއްޔާ ﷺ ގެ އެނދުކޮޅުގައި ނިދިކުރެއްވުމާއި، މައްކާގެ ދެކުނުގައިވާ ޘައުރު ހޮހޮޅުގައި ތިން ދުވަހު ހުންނެވުމާއި، އާމިރު ބިން ފުހައިރާގެ ދައުރު ފާހަގަކުރައްވައި، މި ވަގުތުތަކަކީ ﷲ އަށް ތަވައްކުލުކުރުމާއި، ދަތިތަކާ ކުރިމަތިލާއިރު ވިސްނުންތެރިވުމުގެ މުހިންމުކަން ދައްކުވައިދޭ ވަރުގަދަ މިސާލުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ޢަބްދުﷲ ބިން އަބޫބަކުރު އަދި އަސްމާ ބިންތި އަބޫބަކުރުގެ ދައުރު ފާހަގަކުރައްވައި، މުޖުތަމަޢުގެ ކުރިއެރުމުގައި ޒުވާނުންނާއި އަންހެނުން އަދާކުރާ މުހިންމު ދައުރު މިއިން ފެންނަކަމަށް ވިދާޅުވިއެވެ. އަދި މުސްލިމުން ނޫން ފަރާތްތަކުގެ ތަޖުރިބާއާއި ހުނަރު ބޭނުންވާ ދާއިރާތަކުގައި އެފަދަ އިތުބާރުހުރި ފަރާތްތަކުގެ އެހީ ހޯދުމުގެ މުހިންމުކަންވެސް ހިޖުރައިގެ ވާޤިޢާއިން ދައްކުވައިދޭކަމަށް ވިދާޅުވިއެވެ.

މިއަހަރަކީ އުނދަގޫ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، މެދުއިރުމަތީގެ ގިނަ ޤައުމުތަކެއް ހަނގުރާމައިގެ ވޭނުގައި ތިބިއިރު، ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާ އެބައިމީހުންނާއެކު ވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ސަލާމަތާއި، ސަރަޙައްދުގެ އެންމެހާ މުސްލިމު ޤައުމުތަކުގެ ރައްކާތެރިކަމަށް ދުޢާ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ