ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން، އެ ފުލުހުން މާލެ ގެނެސް މައްސަލައިގެ ތަޙުޤީޤު މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ފުލުހުންގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދާއި، މާލެ ގެނެސްފައިވާ ފުލުހުންގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި މި ފައިސާ އެ ފުލުހުންގެ އެކައުންޓުތަކަށް ޖަމާކޮށްފައިވަނީ ފުލުހުންގެ ކެއުމުގެ ކަންކަން އިންތިޒާމުކުރާ ފަރާތުންނެވެ.



