މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ރ. ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 7 އާއި 9 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ދުވާފަރު ފިނިރޯޅިގޭ އާދަމް އިބްރާހީމް (31 އަހަރު)، އެ ރަށު މަރިޔާދުގޭ އިބްރާހީމް ސިނާން (37 އަހަރު)، ކަނދޮޅުދޫ ސަކީނާ މަންޒިލްގޭ ޢަބްދުﷲ އާދަމް (51 އަހަރު) އަދި ދުވާފަރު ވިލާގޭ ޢަބްދުﷲ ޝާއިފް (25 އަހަރު) އެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދު 3 ދުވަހަށް އިތުރުކޮށްފައެވެ.
ފުލުހުން މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.



