މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މިގޮތުން ހައްޔަރުކޮށްފައިވަނީ ނ. ލަންދޫން ތިން މީހަކާއި ށ. ފޭދޫއިން އެކަކެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މި މަހުގެ 8 ވަނަ ދުވަހު ލަންދޫގައި ހިންގި އޮޕަރޭޝަނެއްގައި އެރަށު ގެއަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނުނެވެ. މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.


އަދި ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި އެރަށު 27 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 11 ސެލޯފިން ކޮޅު ފެނުނު ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަތައް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.