ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން، ގުލްޒާރުގެ / ލ.މުންޑޫ، މަރްޔަމް މާއީ ޖަމީލް (25އ) ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުް ފަށައިފިއެވެ..
މަރްޔަމް މާއީ ޖަމީލް މިހާރު ދިރިއުޅެމުން ދަނީ މާލޭގައެވެ. އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ހާމަކުރެއެވެ.
ވީމާ، މަރްޔަމް މާއީ ޖަމީލާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.



