ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގެ ގޮތްޕެއް ކަމުގައިވާ ސެނަހިޔަ ހައިޕަރބެރިކް ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ މުޙައްމަދު މުޢިއްޒު ތ. ގުރައިދޫގައި ހުޅުއްވައިދެއްވައިފިއެވެ.
ސެނަހިޔަ ހައިޕަރބްރިކް ސެންޓަރުގައި ބެހެއްޓިފައިވާ ހައިޕަރބްރިކް ޗެމްބަރއަކީ ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން އެމްއެންޑީއެފަށް ލިބިފައިވާ ޗެމްބަރއެކެވެ. ސެނަހިޔަ ހައިޕަރބެރިކް ސެންޓަރަކީ ޑައިވްކުރުމުގައި ދިމާވާ ޞިއްޙީ މައްސަލަތަކަށް ފަރުވާ ދިނުމަށް ޚާއްޞަ ސެންޓަރެކެވެ. މި ސެންޓަރުގެ ސަބަބުން، ދިވެހި މަސްވެރިންނަށާއި، ޑައިވަރުންނަށާއި، ފަތުރުވެރިންނަށް ޑައިވްކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތަކަށް ފަރުވާ ދިނުމަށް ބޭނުން ހިފޭނެއެވެ.
މިއީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށެއްގައި ހުޅުވި ފުރަތަމަ ހައިޕަރބެރެކް މެޑިކަލް ޚިދުމަތްދޭ ސެންޓަރެވެ.