ލ. ގަމުގައި ދެބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ގްރޫޕް މާރާމާރީއެއް ހިންގި ބަޔަކު ހައްޔަރުކޮށްފިއެވެ.
ރޭ ހިންގި މި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 5 މީހުންކަމަށް ފުލުހުން ބުނެފައިވެއެވެ. އެއީ 29 އަހަރުގެ 3 ފިރިހެނުންނާއި، 35 އަހަރުގެ އަންހެނަކާއި، 34 އަހަރުގެ ފިރިހެނެކެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު އެންމެންނަކީވެސް ދިވެހިންނެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދިންގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޠާވެފައެވެ.
މި މީހުންގެ ވަނަވަރު އަދި އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން ގެންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ.