ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް ޒަކާތާ ގުޅޭ ފޮތްތައް ހަދިޔާކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ކިންގް ސަލްމާން މިސްކިތުގައި ޤާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ އަދި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކުރުން ކަމަށް ޒަކާތު ހައުސް އިން ބުނެފައިވެއެވެ .
ޒަކާތު ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫޢަކީ އިސްލާމީ ތަޢުލީމީ ވަސީލަތްތައް އިތުރުކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީއާއިން ޒަކާތާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ފޮތް ހަދިޔާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހަދިޔާކުރަން ބޭނުންވާ ފޮތްތަކުގެ ތަފްސީލު [email protected] އަށް އީމެއިލް ކުރުމަށް ޒަކާތު ހައުސްއިންއެދިފައިވެއެވެ. އަދި ފޮތްތައް ބަލައިގަތުމުގެ އިންތިޒާމް އެ އިދާރާއިން ހަމަޖައްސައިދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 3021414 ނަންބަރު ފޯނަށް ގުޅުމަށް ނުވަތަ 7328990 ނަންބަރަށް ވަޓްސްއެޕް މެސެޖް ކުރުމަށް ޒަކާތު ހައުސްއިން އެދިފައިވެއެވެ.