ރާއްޖެއަށް ވަގަށް އެތެރެކުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ކަސްޓަމްސްއިން އިއްޔެ ނައްތާލައިފި އެވެ.
ކ. ދޫނިދޫގައި ކަސްޓަމްސްއިން އިއްޔެ ނައްތާލީ 199 ކޭހުގެ ސިނގިރޭޓެވެ.
ކަސްޓަމްސްއިން ބުނީ އެ ސިނގިރެޓްތައް ނައްތާލީ ކ. ދޫނިދޫގައި މީޑިއާގެ ހާޒިރުގައި ކަމަށެވެ. އެގޮތުން 3,183,040 ނައްތާލިކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ، އެއީ ގަވައިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ބަލައި ފާސްކުރުމުގެ ތެރެއިން ހޯދާފައިވާ ތަކެތި ކަމަށެވެ. ނަމަވެސް އެއީ ކޮންއިރަކު ހިފެހެއްޓި ސިނގިރޭޓެއް ކަމަށްވާ، އެ ތަކެއްޗާ ގުޅިގެން ބަލާ މައްސަލަތަކުގެ ތަފުސީލެއް އެ ޚިދުމަތުން ނުދެއެވެ.
ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް ގެނައުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ތެރޭގައިވެސް ވަގަށް ސިނގިރޭޓް ގެނައުމާއި ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރަމުނގެ މައްސަލަަތައް ފެންމަތިވެފައިވެއެވެ.