އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލުގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެ މަގާމުގެ ޝަރުތުހެ މައިގަނޑު ޝަރުތަކީ ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާ ބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ސެކްރެޓަރީ ޖެނެރަލުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެ ކޮމިޝަނުގެ އިދާރާއަށް ހުށައަޅަން ޖެހޭނެ ކަމަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަންނާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފެއްދި މި ކޮމިޝަނަށް ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރުމަށްޓަކައި އެ މަޤާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.



