އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ނޮވެމްބަރު 3 ދިމާވަނީ ހޯމަ ދުވަހަކަށެވެ. އެހެންވެ ދެ ވަނަ ދުވަސް ބަންދުކުރުމުން ހަފްތާ ބަންދާ އެކު ހަތަރު ދުވަސް ބަންދުވާނެ އެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ބަންދުކުރަން ރައީސް ނިންމެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ޗުއްޓީ ލިބޭނެ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.
އެހެންވެ، މި މަހުގެ ފަހު ދުވަސް ކަމަށްވާ ހުކުރު ދުވަހުން ފެށިގެން ނޮވެންބަރު ތިންވަނަ ދުވަސް ވެސް ބަންދުވާނެއެވެ. އެއީ، ސަރުކާރު މުވައްޒަފުންނަށް ޖުމުލަ ހަތަރު ދުވަހުގެ ބަންދެކެވެ.
އެ ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ ނޮވެންބަރު ހަތަރެއްވާ އަންގާރަ ދުވަހެވެ.



