Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

“ޖެނެރޭޝަނަލް ބޭން” އަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް ޕްރޮގްރާމް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ސަރުކާރުން ތަންފީޒު ކުރަން ނިންމާފައިވާ ‘ޖެނެރޭޝަނަލް ބޭން’ އަކީ، ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޕްރިވެންޓިވް ހެލްތް ކެއާގެ އެންމެ މުހިންމު އެއް މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެންމެ ބޮޑަށް ބަލިތައް ޖެހޭ އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށާއި، މި ސަރުކާރުން މިކަމާ ގުޅޭ ގޮތުން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ޤާނޫނުގައިވާ ގޮތަށް ނޮވެމްބަރު 1 އިން ފެށިގެން ޖެނެރޭޝަނަލް ބޭންއަށް އަމަލު ކުރަން ފަށާނެ ކަމަށާއި، 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވާ ހުރިހާ ކުދިންނަށް އަދި ދެން އުފަންވާން ތިބި ހުރިހާ ކުދިންނަށް ނޮވެމްބަރު 1 އިން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރުން ރާއްޖޭގައި މަނާވާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގައިންގަޔަށް ނާރާ އެތައް ބައްޔެއް ފެތުރޭ ކަމެއް ކަމަށާއި، މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ސިއްހީ ދާއިރާގެ އެކްސްޕާޓުން ވެސް އެއްބަސްވާ ހަގީގަތެއް ކަމަށެވެ. “އަޅުގަނޑު ހިތުން ޕްރިވެންޓިވް ހެލްތް ކެއާގެ އެންމެ މުހިންމު ޕްރޮގްރާމަކީ މިއީ. އެހެންވީމަ 18 އަހަރުން ދަށުގެ ހުރިހާ ޒުވާނުންނަށް ޤާނޫނެއްގެ ތެރެއިން މި ދަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރެވެމުން،” ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް، އުމުރުން ދޮށީ، އާންމުކޮށް ބޮޑެތި މީހުންނަށް އެފަދަ ޤާނޫނަކުން މަނައެއް ނުކުރާނެ ކަމަށާއި، އެހެން ނަމަވެސް ސިއްހަތު ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށްޓަކައި އެކި ކަހަލަ ހުރަސްތައް ކުރިމަތި ކުރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރާ އާލާތްތަކުގެ އަގު ބޮޑުކުރީ ވެސް ސިއްހަތު ރަނގަޅު މުޖުތަމައުއެއް ބިނާ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބޭނުންފުޅަކީ މި މުޖުތަމައުގެ ކޮންމެ ރައްޔިތަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ވުން ކަމަށެވެ. އަދި ބޮޑެތި މީހުންނަށް އަމިއްލައަށް ވޮލެންޓިއާކޮށްގެން ދުންފަތް ބޭނުން ކުރުން ހުއްޓާލެވޭނެ ކަމަށް ވިދާޅުވެ، އެއްގޮތަކަށް ވެސް ނުގަވައިދުން ދުންފަތުގެ އިސްތިއުމާލު ކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި އިސްތިއުމާލު ކުރުމުގެ ތެރެއަށް ވަނުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ