Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ވެރިކަމަށް 2 އަހަރު ނުވަނީސް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ރައީސް ތާރީޚީ ރެކޯޑެއް ގާއިމުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެރިކަމަށް ދެ އަހަރު ފުރިހަމަވުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ތާރީޚީ ރެކޯޑެއް ގާއިމުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ ކ. ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުޢިއްޒު މި ކާމިޔާބީ ހާސިލުކުރެއްވީ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ޖުމްލަ 187 ރަށެވެ. މީގެ ކުރިން ރާއްޖޭގެ އެއްވެސް ވެރިއަކު މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ، އެހެންކަމުން މިއީ ރިޔާސީ ދަތުރުފުޅުތަކުގެ ތާރީޚުގައި އާ ރެކޯޑެކެވެ.

ތުލުސްދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ ރަށަކަށް ދެވިފައިވުމުގެ އިތުރުން، 64 ރަށަކަށް ދެވަނަ ފަހަރަށް ޒިޔާރަތްކުރެވިފައިވާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް 148 ކައުންސިލަކާ ބައްދަލުކޮށްފައިވާކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުން ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ އަބަދުވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން، އެބޭފުޅުންގެ ޚިޔާލު ހޯއްދަވައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރު އިދާރާތަކުގެ ވެރިންނާއި ކައުންސިލްތަކާއި މުއައްސަސާތަކުގައި ތިބި ވެރިންގެ ގާތަށް އައިސް، ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ގާތަށް ދިއުމުން ކަންކަން ބައްޓަންކުރުމަށް ފަސޭހަވެ، މަސައްކަތްތައް އަވަސްވެގެންދާ ކަމަށެވެ. އެމަނިކުފާނު މިކަން ސިފަކުރައްވަމުން ވިދާޅުވިއެވެ.

 “ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކުރަން ފަސޭހަވެގެންދޭ. މިސާލަކަށް ސިޓީ ފޮނުވުން. ސިޓީއަށް ޖަވާބު އަންނަން ދެން އެތައް ދުވަހަކު އެބަ މަޑުކުރަންޖެހޭ. ނަމަވެސް ރައްޔިތުންގެ ގާތަށް ދިއުމުން އަވަހަށް އެކަން ކުރެވޭ.” ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައްޔިތުންގެ ހާލު ބައްލަވައި، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ