ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޓާމިނަލް އެކަކުން ފްލައި ދުބާއީއަށް ހިދުމަތް ދޭން ފަށައިފި އެވެ.
މި ޓާމިނަލުން ފްލައި ދުބާއީ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ފްލައި ދުބާއީ އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް އެކަކަށް ކައިރިކުރި ފްލައި ދުބާއީގެ ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް ވެސް އަރުވާފައިވެ އެވެ.
ފްލައި ދުބާއީ އަކީ ޓާމިނަލް އެކަކުން އިން ހިދުމަތް ދޭން ފެށި 17 ވަނަ އެއާލައިނެވެ.



