Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފަގީރުންގެ ދަފުތަރުގައި ހިމެނޭ 14 މީހެއްގެ ފްލެޓް ޑައުންޕޭމަންޓް ޒަކާތު ފަންޑުން ދައްކައިދޭން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ޒަކާތު ހައުސް (އެމްޒެޑްއެޗް)ގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ 14 ފަރާތެއްގެ ފްލެޓް ޑައުންޕޭމަންޓް ޒަކާތު ފަންޑުން ދައްކައިދޭން އެ އިދާރާއިން ނިންމައިފިއެވެ. ސޯޝަލް ހައުސިންގެ ދަށުން ސަރުކާރުން ދޫކުރި ފްލެޓްތަކަށް މި ފަރާތްތަކުން ދައްކަން ޖެހޭ ޖުމްލަ 340،000ރ. (ތިންލައްކަ ސާޅީސްހާސް ރުފިޔާ) ޒަކާތު ފަންޑުން ދައްކައިދޭނެ ކަމަށް ޒަކާތު ހައުސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޒަކާތު ހައުސްއިން ބުނިގޮތުގައި، ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް ސަރުކާރުން ދޭ ފްލެޓް ނުވަތަ އެޕާޓްމަންޓް ޔުނިޓް ލިބިފައިވާއިރު، އެ ޔުނިޓްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ދެއްކުމުގައި ދަތިތަކެއް ހުރިކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވެއެވެ. މިކަމާ ގުޅިގެން ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށް ފަހު، މި 14 މީހުންނަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމީ، އެފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ.

ޒަކާތު ހައުސްއިން ހާމަކުރެއްވި ގޮތުގައި، ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ މި ފައިސާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި، ދައްކާނީ ސީދާ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަށެވެ. މީގެ އިތުރުން، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ޒަކާތުގެ ފައިސާ ހައްގުވެރި ފަރާތްތަކަށް އެންމެ ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.

ޒަކާތު ހައުސްއިން މިހާރު ދަނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޚާއްސަކޮށްގެން ‘ޒަކާތު ބެނެފެޝިއަރީ ކާޑެއް’ ތައާރަފު ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މި ކާޑުގެ ސަބަބުން، އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ސިއްހީ ހިދުމަތްތަކުގެ ހަރަދުތަކާއި، ރޯދަ މަހު ކާބޯތަކެތި ގަތުމުގެ އެހީއާއި، ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުން ހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ