Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މުސާރައަށް އަންނަ ހެޔޮ ބަދަލުގެ ފައިދާ ގާތްގަނޑަކަށް 20،000 މުވައްޒަފުންނަށް ކުރާނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ޕޭ ހާމަނައިޒޭޝަންގެ ދަށުން މިހާތަނަށް މުސާރަ ބޮޑުނުވާ ސިވިލް ސާވިސް، ޝަރުއީ ދާއިރާ އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މި ނޮވެމްބަރު މަހުން ފެށިގެން ބޮޑުކުރިއިރު، މުސާރައަށް އަންނަ މި ހެޔޮ ބަދަލުގެ ފައިދާ ގާތްގަނޑަކަށް 20،000 މުވައްޒަފުންނަށް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މުސާރައަށް އައި މި ބަދަލާ ގުޅޭ ގޮތުން ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގެންފައިވާ ކަމަށާއި، ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ މުއާމަލާތްކޮށް، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ. މައްސަލައެއް ދިމާވާނަމަ، އެކަމަށް ހައްލުތައް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. މުސާރަ ބޮޑުކުރުމުގެ ބޭނުމަކީ މުވައްޒަފުން ފަހަށް ރައްކާކުރާ ވަރަށް އާމްދަނީ އިތުރުކޮށްދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބަދަލުގެ ސަބަބުން ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، އެންމެ ކުޑަކޮށް އަސާސީ މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށް ވެސް 7،000ރ. އަށް ވުރެ ބޮޑު އަސާސީ މުސާރައެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މުސާރައަށް ގެނައި މި ބަދަލަކީ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މުސާރައަށް ގެނައި ބަދަލާއެކު މުވައްޒަފުންގެ ޕެންޝަން ފަންޑަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. “މުވައްޒަފުން ރިޓަޔާ ކުރާއިރު، ނަތީޖާއަކަށް ވެގެންދާނީ ޕެންޝަން ފަންޑުގައި ޖަމާވެފައިވާ އަދަދު އިތުރުވެގެން ދިއުން،” ރައީސް ވިދާޅުވިއެވެ.

އަދި ޕެންޝަން ފަންޑުން އިތުރު ލުއިތަކާއި ފައިދާތައް ލިބޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މިކަމާ ގުޅޭ ގާނޫނު ރައްޔިތުންގެ މަޖިލިހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޕޭ ހާމަނައިޒް ނުކުރެވި ތިބި ފަރާތްތަކަށް އަންނަ އަހަރު މުސާރަ ބޮޑުވާނެ ކަމަށާއި، އޭގެ ތެރޭގައި މިނިވަން ކޮމިޝަންތައް ހިމެނޭ ކަމަށެވެ. މި ބަދަލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ