Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރަސްމާލެއިން 15,000 ގޯތި ދޫކުރަން ވަރަށް އަވަހަށް ހުޅުވާލާނީ

ad image

ގުޅުންހުރި ލިޔުންތައް

ރަސްމާލެއިން 15،000 ގޯތި ދޫކުރަން ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ރަސްމާލެ ހިއްކުމުގެ ސްޕީޑް 3 ގުނަ އިތުރުކުރައްވާނެކަމަށެވެ. މިމަޝްރޫޢުގެ ސްޕީޑް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ގެނައުމަށް އެގްރިމަންޓްކޮށް ފައިސާވެސް ދައްކާފައިވާކަމަށް ވިދާޅުވިއެވެ. ރަސްމާލެއިން 11،00 ހެކްޓަރުގެ ބިން ހިއްކައެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ގެނުވާނެ މަސައްކަތެއްކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 މަސްތެރޭ އެ ބިމުން 15،000 ގޯތި ދެވޭ މިންވަރަށް ހިއްކާނެކަމަށާއި އެ ގޯތިތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ތަފްސީލްތައް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަން ދޭނީ އެންމެ ބޭނުންޖެހިފައިވާ އަދި “އާއިލީ ބޯހިޔާވަހިކަން”ގެ ކޮންސެޕްޓަށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވާލާނީ މާލޭގެ ރައްޔިތުންނާއި މާލެ ސަރަޙައްދުގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާ މީހުންނަށް ޚާއްސަ ކެޓަގަރީތަކުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ހުޅުމާލެ ގުޅިފަޅު ގިރާވަރު ފަޅު އަދި އުތުރު ތިލަފަޅު އެބަ ހިމެނޭ. މިއީ މާލެ ސަރަޙައްދަށް ދާއިމީ ޙައްލުތަކެއް ގެންނާނެ މަޝްރޫޢުތައް. ރަސްމާލެ ވެގެންދަނީ މާލެ މިހާތަނަށް ރާއްޖޭގައިވެސް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢަށް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތްވެސް މިހާރު އެގްރިމަންޓްކޮށްފައިވާއިރު، މިމަހުގެ ތެރޭގައި އެ މަސައްކަތްވެސް ޢަމަލީގޮތުން ފަށާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މާލެ ސަރަޙައްދުގައި ކުރިއަށް މިއޮތް ދޮޅުމަހެއްހާ ދުވަހުތެރޭގައި 3،000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، އުސޫލުތަކުގެތެރެއިން ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވާނެކަމަށެވެ. އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމާ ގުޅޭ މަސައްކަތްވެސް މިހާރު ކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ޖުމްލަ 7000 ހައުސިން ޔުނިޓްގެ މަސައްކަތް، މާލެ ސަރަޙައްދުގައި ވަރަށް އަވަހަށް ޢަމަލީގޮތުން ފަށްޓަވާނެކަމަށް ވިދާޅުވިއެވެ.

“މާލެ ރަށްވެހިން، ދަފްތަރު، ނުކުޅެދުންތެރިކަން ހުންނަ މީހުން، އެކަނިވެރި މައިން، މައިމުޅަވެފައިވާ މީހުން، ޒުވާނުން، އަދި ވަކިވަކި ދާއިރާތަކަށް ޚާއްސަކޮށް ކަނޑައެޅި ބޯހިޔާވަހިކަން، މި ހުރިހާ ފަރާތްތަކެއް ޝާމިލުވާގޮތަށް ކުރިމަތިލާން ހުޅުވާލާނީ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބޭނެކަން ކަށަވަރުކުރައްވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ