Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އަތޮޅު ކައުންސިލްތައް އުވާލައި، ކައުސިލަރުންގެ އަދަދު މަދުކުރަން މަޖިލީހަށް އިސްލާހު ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތައް ނޯންނަ ގޮތް ހެދުމަށްޓަކައި ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި އިސްލާހުތައް ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ އިތުރުން، ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ގާނޫނަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވެސް ބަދަލުތަކެއް ގެނައުމަށެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ދެވަނަ ފަށަލަ ނައްތާލުމަށް ސަރުކާރުން ކުރިން ވެސް ގެންގުޅުނު ވިސްނުމެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ “އަތޮޅު ކައުންސިލް” މި ލަފުޒު އުނިކުރުމަށެވެ. މި އިސްލާހު ފާސްވެއްޖެނަމަ، ދެން އިންތިޚާބުކުރަން ޖެހޭނީ ހަމައެކަނި ސިޓީ ކައުންސިލަރުންނާއި ރަށު ކައުންސިލަރުންނެވެ. ހަމަ އެހެންމެ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ވެސް “އަތޮޅު ކައުންސިލް” މި ލަފުޒު އުނިކުރުމާއި، މުޅި އަތޮޅު ކައުންސިލްގެ ބާބު އުނިކުރުން ހިމެނެއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ހުށަހެޅުމުގެ އިތުރުން، ލާމަރުކަޒީ ގާނޫނަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި ރަށު ކައުންސިލްތަކުން ސީދާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ރިޕޯޓުކުރަން ޖެހޭ ގޮތް ހެދުން ހިމެނެއެވެ. އަދި އާބާދީއާ ގުޅޭގޮތުން ވެސް ކައުންސިލްތަކަށް ބަދަލުތަކެއް ހުށަހަޅާފައިވެއެވެ؛ އެގޮތުން 2،000 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ތިނަކަށް މަދުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައިވެއެވެ. މި ގާނޫނު އިސްލާހުކޮށްފިނަމަ، ޑަބްލިއުޑީސީގެ މެންބަރުންގެ އަދަދު ތިބޭނީ އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދަށެވެ. މިސާލަކަށް 2،000 އަށް ވުރެ މަތީ އާބާދީއަކުން ފަސް ކައުންސިލަރުން އިންތިޚާބުކުރާ ނަމަ، އެ އަދަދަށެވެ. އަދި އެ ކޮމިޓީތަކުގެ ރައީސުން ހޮވަންޖެހޭނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ ވޯޓުން ކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލަރުންގެ މަގާމުތަކަކީ ބޭނުމެއް ނެތް މަގާމުތަކެއް ކަމަށާއި، އެ ކައުންސިލްތައް އުވާލަން ހުށަހަޅުއްވާނެ ކަމަށެވެ. ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވިދާޅުވެފައިވަނީ އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމަށް ލެވިފައިވާ އިތުރު ލޭޔަރެއް ކަމަށާއި، އެކަން ބަދަލުކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ