މާލޭ ގެއެއްގައި 18 އަހަރުގެ އަންހެނަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މާފަންނު ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ އިރުއޮއްސި 18:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދިން ނަމަވެސް ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
މިފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު މިދިޔަ ހަފްތާގައި މާލޭގައި އަންހެނަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ހާދިސާގައި އަނިޔާ ލިބިފައިވަނީ 24 އަހަރުގެ އަންހެނަކަށެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗުން ބެލުމަށް ފަހުގައި، އަންހެން މީހާއަށް ޖިންސީ އަނިޔާ ލިބިފައި ހުރި ކަމަށް ހަމަ އެ ދުވަހު ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ.



