ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނައަދަދެއްގެ ސިނގިރޭޓު ކާޓަން ތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން މިއަދު މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓި ގެންގޮސްފައިވާ ކަމަށެވެ އަދި އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މި އަހަރު މެއި 23 ވަނަ ދުވަހު އަތުލައިގަތް ތަކެތި ކަމަށާއި އެ ސިނގިރެޓްތައް ހުރީ ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ކަމަށެވެ.
ފުލުހުން ބުނީ މި ތަކެތީގެ ތެރެއިން 6 ކާޓަން ސިނގިރޭޓު މަދުކަން ފުލުހުންގެ ސަމާލުކަމަށް އައިސްފއިވާ ކަމަށެވެ. އަދިއެ ތަކެތި މަދުކަން އެނގުނީ ކަސްޓަމްސްއާ ހަވާލުކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށް ފުލުހުން ބުންޏެވެ.
އޭގެއިތުރުން އެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައި ދެ ބިދޭސީއެއްގެ އަތުން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެހެންވެ މި ދެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިމައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުން އަންނަ ކަމަށް ބުންޏެވެ.



