މާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވަން ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަން ސަރުކާރުން އިއުލާނުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، އެ ބައްދަލުވުން އޮންނާނީ މާދަމާ މިރޭ 8:30 ގައި އަމީނިއްޔާ ސްކޫލްގައި ކަމަށެވެ. އެހެންވެ، އެ އަވަށުގެ ހުރިހާ އެންމެންނަށް ދައުވަތު ދެއްވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާނެކަން އިއުލާންކުރައްވައިފަ އެވެ.
ފުރަތަމަ ބައްދަލުވުން ވިލިމާލޭގެ ރައްޔިތުންނާ އެކު، ރައީސް އާދިއްތަ ދުވަހުގެ ރޭ ވަނީ އެ އަވަށަށް ވަޑައިގެން ބާއްވައިފަ އެވެ. ޓީވީތަކުން ލައިވްކޮށްގެން ބޭއްވި އެ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ވިލިމާލޭގެ މީހުންގެ ކަންބޮޑުވުންތައް ވަކިވަކިން އައްސަވައި، އެ ކަންކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.



