Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދުވާފަރު ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފަށައި، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރ. ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މީގެއިތުރުން ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައި، އެ އިމާރާތުގެ ޢަމަލީ މަސައްކަތް ވެސް މިއަދު ރަސްމީކޮށް ވަނީ ފަށާފައެވެ. 

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ރައީސް ޑރ. މުއިއްޒު ވަނީ ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު އެ އިމާރާތް ބައްލަވާލައްވާފައެވެ. އައު އިމާރާތާއެކު ކުރިން ނުލިބޭ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާދޭނެ ޒަމާނީ އިމަރޖެންސީ ރޫމަކާއި، އެކްސްރޭގެ ޚިދުމަތާއި، ދަތުގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ. އަދި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ވެސް ޤާއިމްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ދުވާފަރު ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ. ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ޢިމާރާތް އަޕްގްރޭޑްކުރުމުގެ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. މި މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން، ހޮސްޕިޓަލް އިމާރާތުގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަކާއި، އައިސީޔޫއާއި ނަރސް ސްޓޭޝަންއާއި، ޕްރޮސީޖަރ ރޫމެއްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ، ޖެނެރަލް މެނޭޖަރ ޙުސެއިން ތަސްމީންއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ