Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް މުހިންމު ތިން ހަރަކާތެއް ރައީސް އިފްތިތާޙުކޮށްދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ މުހިންމު ސްޓްރެޓެޖީތަކަކާއި މަގުޗާޓެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ އިސްވެރިންނާއި މާލީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ “ނޭޝަނަލް ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޖެޓީ” އާއި “ނޭޝަނަލް ފައިނޭންސް ރޯޑްމެޕް” ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، މާލީ ނިޒާމުގެ ތެރޭގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ވަރަށް މުހިންމު ދެ ލިޔުމެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފާހަގަކުރެއެވެ.

މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީގެ ދަށުން ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ އަންހެނުންނާއި، ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ނިޒާމުގެ ތެރެއިން ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށެވެ. މީގެ އިތުރުން، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ހޯދާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އިތުބާރު ޤާއިމުކުރުމަކީވެސް މި ސްޓްރެޓެޖީގެ މައިގަނޑު އެއް މަޤްޞަދެވެ.

މި ރަސްމިއްޔާތުގައި އިފްތިތާޙުކުރެވުނު “ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް” އަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް އެކުލަވާލާފައިވާ މަގުޗާޓެކެވެ. މީގެ ސަބަބުން އިއާދަކުރަނިވި ހަކަތައާއި ސަސްޓެއިނަބަލް ހައުސިންގ ފަދަ ދާއިރާތަކަށް ބޭނުންވާ އިންވެސްޓްމަންޓްތައް މާލީ ނިޒާމުގެ ތެރެއިން ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެހި، މޫސުމީ ބަދަލުތަކަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން “ޕޭމަންޓް މޯލްޑިވްސް ވެސް މި ރަސްމިއްޔާތުގައި ވަނީ ލޯންޗްކޮށްފައެވެ. ގަވަރުނަރު އަޙްމަދު މުނައްވަރު އިފްތިތާޙުކޮށްދެއްވި މި ކުންފުނީގެ މައިގަނޑު މަސައްކަތަކީ “ފަވަރަ” ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހިންގުމާއި، އައު އީޖާދީ ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ މާލީ މުޢާމަލާތްތައް މިހާރަށްވުރެ ހަލުވި އަދި ފަސޭހަ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ