Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޣައްޒާއަށް ކުރިމަތިވި ތޫފާނުގައި ފަލަސްތީނުގެ އަންހެނަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާއަށް ކުރިމަތިވެފައިވާ ފިނި މޫސުމުގެ ގަދަ ތޫފާނުގެ ސަބަބުން، ފޭލިގެތަކުގައި ދިރިއުޅެމުންދާ 900،000 އެއްހާ ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެފައިވަނިކޮށް، ފަލަސްތީނުގެ އަންހެނަކު މަރުވެއްޖެއެވެ.

އަލްޖަޒީރާ އެރަބިކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު މަރުވެފައިވަނީ އުމުރުން 30 އަހަރުގެ އަލާ މަރުވާން ޖުހާ އެވެ. އޭނާ މަރުވީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ރިމާލް އަވަށުގައި އޭނާ ދިރިއުޅެމުންދިޔަ ފޭލިގެ މައްޗަށް ފާރެއް ވެއްޓުމުގެ ސަބަބުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުން ފެށިގެން ޣއްޒާއަށް ކުރިމަތިވަމުންދާ ބޯކޮށް ވާރޭވެހުމާއި ގަދަ ވަޔާއެކުގައެވެ. މި މޫސުމީ ބަދަލުގެ ސަބަބުން މަޖުބޫރުން ގެދޮރުން ބޭރުކޮށްލާފައިވާ އެތައް ހާސް ބައެއްގެ ފޭލިގެތަކުގައި ފެންބޮޑުވެ، ބައެއް ފޭލިގެތައް ވަނީ ވަޔާ އެކު އުދުހިގެން ގޮސްފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ގަދަ ވަޔާއެކު ވެއްޓުނު ފާރު ވެއްޓުނީ ޖުހާގެ ފޭލިގެ މައްޗަށެވެ. މި ހާދިސާގައި އޭނާގެ އާއިލާގެ ބައެއް މެންބަރުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

ފަލަސްތީނުގެ އެންޖީއޯ ނެޓްވޯކް (ޕީއެންޖީއޯ) ގެ ޑައިރެކްޓަރު އަމްޖަދު ޝަވާ ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ މޫސުމީ ހާލަތުގެ ސަބަބުން ޣައްޒާގެ އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާ ކަމަށެވެ. “މި ކޮޅިގަނޑުގެ ސަބަބުން ކަންތައްތައް އިތުރަށް އުނދަގޫވެ، ރައްޔިތުންގެ ފުރާނައަށް ނުރައްކާވެފައިވޭ،” ޝަވާ ވިދާޅުވިއެވެ.

ޝަވާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ބޭނުންކުރަމުންދާ ފޭލިގެތަކަކީ ފެންބޮޑުވުމާއި ގަދަ ފިންޏާ ދެކޮޅަށް އެއްވެސް ރައްކާތެރިކަމެއް ލިބޭ ތަންތަނެއް ނޫނެވެ. އެހެންކަމުން، މޮބައިލް ހޯމްތަކާއި، ހަލާކުވެފައިވާ ނަރުދަމާ ނިޒާމުތައް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު ކުއްލި ގޮތަކަށް ޣައްޒާއަށް އެތެރެކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ގިނަ އާއިލާތަކެއް ދިރިއުޅެމުންދަނީ ވަގުތީ ފޭލިގެތަކުގައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ފިނިހޫނުމިން އިތުރަށް ދަށްވެ، ވާރޭވެހުން ބޮޑު ތޫފާނަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ